Privacy Policy Cookie Policy Terms and Conditions ޓޮމް އެންޑް ޖެރީ - Wikipedia

ޓޮމް އެންޑް ޖެރީ

ވިކިޕީޑިއާ އިން

ޓޮމް އެންޑް ޖެރީ
ޓޮމް އެންޑް ޖެރީ

މަޝްހޫރު އަދި ކާމިޔާބު، ކުރު ސިނަމާ ކާޓޫން ސިލްސިލާ ޓޮމް އެންޑް ޖެރީ އުފައްދައި، ލިޔެ ޑައިރެކްޓު ކުރީ ވިލައަމް ހައްނާ އަދި ޖޯސެފް ބާރބަރާއެވ. (ފަހުން މިއީ ހައްނާ ބާރބަރާގެ ހައްގެކެވެ.) މިސިލްސިލާ އުފައްދާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު މެޓްރޯ- ގޯލްޑްވެއިން- މޭޔަރއިންނެވެ. އެއީ 1940ން 1958އަށް ސްޓޫޑިޔޯގެ އެނިމޭޝަން ބައި މެދުކެނޑުމުންންނެވެ. 1961ގައި އެމް.ޖީ.އެމް. އިން ކޮންޓްރެކްޓއެއްގެ ދަށުން ރެމްބްރޭންޑްޓްގެ ފިލްމްތަކަށް ޓޮމް އެންޑް ޖެރީގެ ބައިތައް އުފައްދައިދޭން <އީސްޓ>ޔޯރަޕްގައި ފެށިއެވެ. 1963ގައި އަނެއްކާވެސް ހޮލީވުޑްގައި ޓޮމް އެންޑް ޖެރީ ގެ ކުރުބައިތައް ޗަކް ޖޯންސްގެ ސިބް ޓަވާރ 12ޕްރޮޑަކްޝަންތަކާއި އެއްކޮށް އާއްމު ވެގެންދިޔައެވެ. މިސިލްސިލާ 1967އާ ހަމަޔަށް ދެމިގެންދިޔައެވެ. އެފަހުން ޓޮމް އެންޑް ޖެރީ އަލުން ޓީވީއަށް ފާޅުވެގެންދިޔައީ ހަންނާ ބާރބަރާ (1975-1977 : 1990-1993) އަދި ފިލްމޭޝަން ސްޓޫޑިޔޯ (1980- 1982)އިން އުފެއްދި ޓީވީ ކާރޓޫންތަކުންނެވެ. ހަންނާ ބާރބަރާގެ އަސްލު ޓޮމް އެންޑް ޖެރީގެ އުފެއްދުންތަކުގެ ތެރެއިން ހަތްބައި އެކަޑަމީ އެވޯރޑް ކާމިޔާބު ކޮށްފައިވެއެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ރޭވުންގަނޑު

މިކާށޓޫނުގެ ކޮންމެ ކުރުސިލްސިލާއެއްގައި ފެނިގެންދާނީ ޓޮމް ޖެރީ ހިފުމަށް ކުރާ މަސައްކަތެވެ. އަދި ޓޮމް އަށް ދިމާވާ ދަތިތަކާއި އަނިޔާތަކެވެ. މަދުންނަމަވެސް ޓޮމް އާއި ޖެރީ އެކުވެރިވެފައިވާތަން ( ކާރޓޫނުގެ ބައި ނިމޭއިރު ނުވަތަ ބައި ފެށޭއިރު ) ފެނުމުން ޓޮމް ޖެރީ ހިފަން އުޅެނީ ކީއްވެ ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޓޮމް ޖެރީ ހިފުމަށް މަސަތްކަތް ކުރުމުގެ ސަބަބުތަކުގެ ތެރޭގައި:

  • ޓޮމް ބަނޑުފައިވުން.
  • ޓޮމްގެ ވެރިމީހާ އަންގާފައިވާ ގޮތުން ގޭތެރެއިން ފެންނަ މީދާ ހިފުން އެއީ އޭނާގެ ވަޒީފާކަމަށް ދެކުން.
  • ޖެރީއަށް އަށް އަދަބުދީ ހެދުމަކީ ޓޮމްއަށް މަޖާކަމަކަށް ވުން.
  • ބަދަލުހިފުމުގެ ގޮތުން.
  • ޖެރީ އަށް ގޯނާ ކޮށް އަދަބުދިނުމަކީ ޓޮމް ކުރާހިތްވާ ކަމެއް ކަމުގައިވުން.
  • ދެމީހުން އެކައްޗެއް (ކާނާފަދަ ތަކެތި) ބޭނުންވެގެން ހިނގާ ހަމަނުޖެހުން.
  • ޖެރީ ބޭރުކުރުމުގެ ބޭނުމުގައި.

ޓޮމް އަށް ޖެރީ ބަލިކުރުވެނީ މަދުފަހަރެއްގައެވެ. ސަބަބަކަށް ވަނީ ޖެރީގެ މަކަރުވެރިކަމާއި ވިސްނުންތޫނުކަމުންނެވެ. އަދި ގިނަފަހަރު ޓޮމްގެ އަމިއްލަ މޮޔަކަމާ ހެދިއެވެ.

ކާރޓޫނުގައި ޓޮމްވެސް އަދި ޖެރީ ވެސް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ދެ މީހުންގެ ހަޅޭކުގެ އަޑު އިވިގެންދެއެވެ. ގިނަފަހަރަށް ޓޮމްގެ ވޭނުގެ ހަޅޭކުގެ އަޑެވެ. މިދެމީހުންގެ ވެސް މޫނުމަތިން ފާޅުވާ އަސަރުތަކުން އެމީހުންގެ އިހްސާސްތަކާއި ކުރަން އުޅޭމާއި ބޭނުންތައް އެނގިގެން ދެއެވެ.

މިކާރޓޫނުގައި މިޔުޒިކް ވަރަށް ބޮޑު ރޯލެއް އަދާ ކުރެއެވެ. ފެނިގެންދާ މަންޒަރުތަކަށް އޭގެ އެންމެ ފުރިހަމަގޮތުގައި އަޑު ގެނެސް ދެއެވެ. މިކާރޓޫނުގެ މިޔުޒިކް ޑައިރެކްޓަރ ސްކޮޓް ބްރެޑްލީ <ޖެޒް، ކްލެސިކަލް،> އަދި <ޕޮޕް މިޔުޒިކް> އުފައްދާފައި ވެއެވެ. ބްރެޑްލީ އާއްމުގޮތެއްގައި އެދުވަސްވަރުގެ <ޕޮޕް> ލަވަތައް ތަކުރާރުކުރެއެވެ. އެގޮތުން ދަ ވިޒަރޑް އޮފް އޯޒް އަދި މީޓް މީ އިން އެސްޓީ. ލޮއިސް ފަދަ އެމް.ޖީ.އެމް ފިލްމުތަކުގެ ލަވަތައް ހިމެނެއެވެ.

1953ގެ ކުރިން ހުރިހާ ޓޮމް އެންޑް ޖެރީގެ ކާރޓޫންތައް އުފައްދާފައިވަނީ އަދައިގެ <އެކަޑަމީ ރޭޝިއޯ>ގެ ދަށުންނެވެ. އެހެންނަމަވެސް 1953ން 1956ށް މީގެ ބައެއް ބައިތައް އުފައްދާފައިވަނީ ދެގޮތަކަށެވެ. އެއީ <އެކަޑަމީ ރޭޝިއޯ>ގެ ދަށުންނާއި <ވައިޑްސްކްރީން ސިނަމާ ސްކޯޕް>ގެ ދަށުންނެވެ. އެމް.ޖީ.އެމް ގެ އެނިމޭޝަން ބައި މެދުކެނޑުމުން އޭގެ އަހަރެއްފަހުން ޓޮމް އެންޑް ޖެރީގެ ހުރިހައި ބައިތަކެއް އުފައްދާފައި ވަނީ <ސިނަމާ ސްކޯޕް>އިންނެވެ. 1960ގައި ޖީން ޑިޗް އާއި ޗަކއ ޖޯންސްގެ އުފެއްދުންތައް އުފައްދާފައިވަނީ އެކެޑަމީ ފޯރމެޓްގައެވެ. އަދި ހަމައެހެންމެ ވައިޑްސްކްރީން ފޯރމެޓް އާއި ގުޅޭގޮތަށެވެ. ހަންނާ ބާރބަރާގެ ހުރިހާ ކާރޓޫނުތައް އުފައްދާފައިވަނީ ޓެކްނީ ކަލަރއިންނެވެ. 1960ގައި ހުރިހާ އުފެއްދުންތައް އުފައްދާފައި މެޓްރޯކަލަރ އިންނެވެ.

[އުނިއިތުރު ގެންނަވާ] މުހިންމު ޝަހްސިއްޔަތުތައް

ޓޮމް އަދި ޖެރީ ޓޮމްއަކީ އަޅިނޫކުލައިގެ ގޭގައިގެންގުޅޭ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ އޮޅުބުޅަލެކެވެ. ޖެރީ އަކީ ޓޮމް އުޅޭ ސަރަހައްދުގައި ޓޮމް އާއި ވަރަށް ގާތުގައި އުޅޭ މުށި މީދަލެކެވެ. ޓޮމް ވަރަށް އަވަހަށް ރުޅިއައިސް ދެކޮޅުވެރިވެގަންނާނެއެވެ. މިއާ ހިލާފަށް ޖެރީ ކަންކަމުގެ ފައިދާ ވަރަށް އަވަހަށް ނަގައެވެ.

[އުނިއިތުރު ގެންނަވާ] އިތުރު ޝަހްސިއްޔަތުތައް

ޖެރީ ހިފުމަށް ޓޮމް ކުރާ މަސައްކަތުގައި އިތުރުޝަހްސިއްޔަތު ތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ބަޗް ނަމަކަށް ކިޔާ މަގުމަތީގައި އުޅޭ ކަޅު ބުޅަލެކެވެ. ބަޗްވެސް ބޭނުންވަނީ ޖެރީ ހިފައިގެން ނާސްތާކުރަންށެވެ. އަދި ސްޕައިކް އެވެ. މިއީ ނުރައްކާތެރި <ގާރޑް> ކުއްތާ އެކެވެ. ސްޕައިކް އަބަދުވެސް ބޭނުންވަނީ ޓޮމް ތަޅާ މަރާލުމަށެވެ. އަދި މެމީ ޓޫ ޝޫޒް އެވެ. މިއީ ޓޮމްގެ ވެރިމީހާއެވެ. ޓޮމްގެ އަހްލާގުދަށް ވެއްޖެނަމަ ނުވަތަ ބުނާގޮތައް ނަހަދައިފިނަމަ ކުނިފޮހޭ ބުރުހަކުން ޓޮމް ތަޅާލައެވެ. މެމީ ޓޫ ޝޫޒް އަށް އަޑު އަޅާދީފައި ވަނީ ލިލިއަން ރެންޑޯލްފް އެވެ. 1940ގެ ފަހުގެ އަހަރުތަކުގައި ނިބްލްސް ނަމަކަށް ކިޔާ އަޅި ކުލައިގެ ކުޑަ މީދަލެއް ހޮވައިގެން ގެންގުޅެ ބޮޑުކުރިއެވެ. (ޓަފީގެ ނަމުގައިވެސް ނިބްލްސް މަޝްހޫރުވެފައިވެއެވެ.) އަދި 1950ގައި ސްޕައިކްއަށް ޓައިކް ނަމަކަށް ކިޔާ ކުޑަ ދަރިއެއް ލިބުނެވެ. ޓައިކް ފާޅުވެގެން ދިޔުމުން ޖެރީ އަށް ޓޮމް އާއި ދެކޮޅުވެރިވުމުގެ އާ ހިތްވަރެއްލިބުނެވެ. އެހެނީ ޓައިކް އަށް ޖެރީ އުނދަގޫ ކުރުމުން އޭގެ އަދަބު ޓޮމްއަށް ލިބިގެންދިޔުމެވެ. އާއްމު ގޮތެއްގައި ސްޕައިކް ވާހަކަދައްކާތަންފެނެއެވެ. ގިނަފަހަރަށް މިކާރޓޫޏުގައި ފެނިގެންދާ އެހެން ޝަހްސިއްޔަތަކީ ޅަ އަސްދޫނި ކުއެކާރ އެވެ. ފަހުން ހަންނާ ބާރބަރާގެ ޝަހްސިއްޔަތު ޔެކީ ޑޫޑްލްއަށް ވެގެންދިޔައެވެ. ބޮޑުބޭބެ ޕެކޯސް، ޖެރީގެ ބޮޑުބޭބެ ޕެކޯސް ހަމައެކަނި ފެނިފައިވަނީ މިކާރޓޫނުގެ ބައެއްކަމަށްވާ 1955ގައި ރިލީޒް ކުރެވުނު " ޕެކޯސް ޕެސްޓް" މިބައިންނެވެ. އޭނާ އަކީ އަޅިކުލައިގެ މުސްކުޅި މީދަލެކެވެ. ހުދުކުލައިގެ ދިގު މަތިމެހެއްގެ ވެރިޔެކެވެ. އޭނާގެ އަތުގައި އަބަދުވެސް ގިޓާއެއް އޮވެއެވެ. މިގިޓާގެ ނަރުތައް ބުރިވެ މަރާމާތައް ބޭނުންވަންދެން މީނާ މި ގިޓާ ކުޅެއެވެ. ޖެރީގެ ތިމާގެ މީހަކަށް ދެން ހުންނަނީ މަސްލްސްއެވެ. މަސްލްސް އަކީ އޭނާ ދިރިއެޅޭ ހިސާބުގަނޑުގައި އުޅޭ ބުޅާތަކަށް ހުރި ނުރައްކަލެކެވެ.

[އުނިއިތުރު ގެންނަވާ] ހަންނާ ބާރބަރާގެ އަހަރުތައް

[އުނިއިތުރު ގެންނަވާ] ޖީން ޑީޗްގެ އަހަރުތައް

ޖީން ޑިޗް ޑައިރެކްޓް ކޮށްފައިވާ ޓޮމް އެންޑް ޖެރީގެ މަންޒަރެއް.
Enlarge
ޖީން ޑިޗް ޑައިރެކްޓް ކޮށްފައިވާ ޓޮމް އެންޑް ޖެރީގެ މަންޒަރެއް.

1960ގައި އެމް.ޖީ.އެމް ޓޮމް އެންޑް ޖެރީގެ އައި ބައިތަކެއް އުފެއްދުމަށް ގަސްތުކުރިޔެވެ. އަދި ޕްރޮޑިއުސާރ ވިލިއަމް ސްނައިޑާރ އާއި އެނިމޭޝަން ޑައިރެކްޓާރ ޖީން ޑީޗް އަދި ޑީޗްގެ ސްޓޫޑިއޯ ރެމްބްރޭންޑްޓް ފިލްމްސް އާއި ދެމެދު ބައިތަކެއް އުފެއްދުމަށް އެއްބަސް ވިއެވެ. ޑީޗް އާއި ސްނައިޑާރ މި ކާރޓޫނުގެ 13ބައި އުފެއްދިއެވެ. ޑީޗްގެ ބައިތައް ހިމެނެނީ ޓޮމް އެންޑް ޖެރީގެ ބައިތަކުގެ ތެރެއިން ބެލުންތެރިންގެ މަޤްބޫލުކަން އެންމެ ކުޑަ ބައިތައްކަމުގައެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިބައިތަކުގައި އެއްވެސް ތަރުތީބެއް ނޯވެއެވެ. ޝަހުސިއްޔަތުތަކުގެ މޫނުމަތިން ފާޅުވާ އަސަރުތަކަކީ އަވަސް އަސަރުތައްކަމުގައި ވަނީ ބެލެވިފައެވެ. ވާހަކަދެއްކުމުގެ ބަދަލުގައި އިވެނީހުސް އަޑެކެވެ. އަދި މިބައިތަކަކީ ހަމައެކަނި ޓޮމް އެންޑް ޖެރީގެ ބައިތަކުގެ ތެރެއިން "މޭޑް އިން ހޮލީވުޑް، ޔޫ.އެސް.އޭ" މި ޖުމްލަ އެބައެއް ނިމޭއިރު ނާރާ ބައިތައް ކަމަށް ވަނީ ފާހަނގަ ކުރެވިފައެވެ. ޑީޗްގެ އަމިއްލަ ވާހަކައާއި ޓޮމްއެންޑް ޖެރީގެ ވާހަކަ އޭނާގެ އަމިއްލަ ވެބްސައޓްގައި ވަރަށް ފުރިހަމައަށް ވަނީ ބަޔާން ކުރެވިފައެވެ.

[އުނިއިތުރު ގެންނަވާ] ޗަކް ޖޯންގެ އަހަރުތައް

 ޗަކް ޖޯންސް ޑައިރެކްޓް ކޮށްފައިވާ ޓޮމް އެންޑް ޖެރީގެ މަންޒަރެއް.
Enlarge
ޗަކް ޖޯންސް ޑައިރެކްޓް ކޮށްފައިވާ ޓޮމް އެންޑް ޖެރީގެ މަންޒަރެއް.

ޑީޗްގެ ފަހު ބައިތައް އާންމުންގެ ތެރެއަށް ރިލީޒްވުމުން އެމް.ޖީ.އެމްގެ އާ ވެރިއަކަށް އެމެރިކާގެ ޑައިރެކްޓަރ ޗަކްޖޯންސް ވިއެވެ. އޭނާ އަކީ ވާރނާރ ބްރޯސްގެ އެނިމޭޝަން ޑިޕާރޓްމެންޓްގައި 30އަހަރުދުވަހު މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. އަދި އޭނާގެ އަމިއްލަ އެނިމޭޝަން ސްޓޫޑިޔޯކަމަށްވާ ސިބްޓަވާރ 12ޕްރޮޑަކްޝަން ވަނީ ލެސް ގޯލްޑްމަން އާއި އެއްކޮށް އުފައްދާފައެވެ. 1963ން ފެށިގެން ޗަކް އާއި ގޯލްޑްމަން ވަނީ އިތުރު 30 ޓޮމް އެންޑް ޖެރީގެ ބައިތަކެއް ކާމިޔާބުކަމާއެކު އުފައްދާފައިވެއެވެ. މޮއުރިސް ނޯބެލް އާއި އެކު ޗަކްވަނީ މިބައިތަކުގެ ތެރެއިން ގިނަބައިތަކެއް ކޯޑައިރެކްޓްކޮށްފައެވެ. ބާކީ ހުރިބައިތައް ޑައިރެކްޓް ކޮށްފައިވަނީ އޭބް ލެވިޓޯވް އާއި ބެން ވޮޝަމްއެވެ. އޭގެ އިތުރަށް ޓޮމް ރޭއި ހަންނާ ބާރބަރާގެ އަހަރުތަކުގައި އުފައްދާފައިވާ ދެބައި އޭބް ލެވިޓޯވް އާއި ބެން ވޮޝަމްއާއި އެއްކޮށް ޑައިރެކްޓްކޮށްފައިވެއެވެ. 1967ގައި ސިބްޓަވާރ 12 އެމް.ޖީ.އެމް ގެ ބަޔަކަށް ވިއެވެ. އަދި ޓީވީގެ ބައެއް ފިލްމުތައް އުފެއްދުމުގައި ޗަކް މަސްޢޫލުވާންފެށިއެވެ. އޭގެތެރޭގައި މަޝްހޫރު ފިލްމު ފެންޓަމް ޓޮލް ބޫތު ހިމެނެއެވެ.

[އުނިއިތުރު ގެންނަވާ] ޓީވީ އަށް ޓޮމް އެންޑް ޖެރީ

[އުނިއިތުރު ގެންނަވާ] ޓޮމް އެންޑް ޖެރީގެ އާ ވެރިން

1986ގައި ޓެޑް ޓާރނާރ އެމް.ޖީ.އެމް ކޮމްޕެނީ ގަތެވެ. އެހެންނަމަވެސް 1988ގައި ޓާރނާރ މިކޮމްޕެނީ ވިއްކާލިއެވެ. އެންނަމަވެސް އެމް.ޖީ.އެމް ގެ ޕްރީ-1986 ފިލްމް ކުތުބުހާނާ ހިފަހެއްޓިއެވެ. އެހެންކަމުން ޓާރނާރ އެންޓަރޓެއިންމެންޓްގެ މިލްކިއްޔާތަކަށް ޓޮމް އެންޑް ޖެރީ ވެގެންދިޔައެވެ. އަދި ޓީބީއެސް، ޓީއެންޓީ، ކާރޓޫނު ނެޓްވޯރކް، ބޫމަރެންގ އަދި ޓާރނާރ ކްލެސިކް ފިލްމުތައް ފަދަ ޓާރނާރ ހިންގާ ސްޓޭންޝަންތަކުން މިކާރޓޫނު ފާޅުވަމުންދިޔައެވެ.

[އުނިއިތުރު ގެންނަވާ] ސެންސަރ ޝިޕް

[އުނިއިތުރު ގެންނަވާ] ޕޯސްޓް ގޯލްޑެން އޭޖް ކާރޓޫނުތައް

[އުނިއިތުރު ގެންނަވާ] ފީޗަރ ފިލްމުތައް

[އުނިއިތުރު ގެންނަވާ] ޓޮމް އެނޑް ޖެރީގެ އެހެން ބާވަތްތައް

ކޮމިކް ފޮތްތަކުގައި ޓޮމް އެންޑް ޖެރީ އެންމެ ފުރަތަމަ ފާޅުވާން ފެށީ 1942ގައެވެ. އެއީ "އަވަ ގޭންގް ކޮމިކްސް" އިންނެވެ. 1949ގައި އެމް.ޖީ.އެމް.ގެ "އަވަ ގޭންގް" ސީރީސްގެ ނަން ޓޮމް އެންޑް ޖެރީ ކޮމިކްސްގެ ނަމަށް ބަދަލު ކުރެވުނެވެ. މިފޮތް 20ވަނަ ގަރުނުގާއި ހަމައަށް ނިކުންނަމުން ދިޔައެވެ.

މިކާރޓޫނު ބައެއް ވީޑިއޯ ގޭމް ތަކުގައިވަސް ފާޅުވެފައިވެއެވެ. މިގޮތުން:

  • ޓޮމް އެންޑް ޖެރީ: ނިންޓެންޑޯ އެންޓަރޓެއިންމެންޓް އަށް
  • ޓޮމް އެންޑް ޖެރީ: ދަމޫވީ ފޯ ސެގާ ގޭމް ސިސްޓަމް އަށް
  • ޓޮމް އެންޑް ޖެރީ: ސުޕަރ ނިންޓެންޑޯ އަދި ސެގާޖެނެސިސް އަށް
  • ޓޮމް އެންޑް ޖެރީ މައުސް އެޓެކް: ގޭމްބޯއި ކަލާރ އަށް
  • ޓޮމް އެންޑް ޖެރީ އިންފާރނަލް އެސްކޭޕް: ގޭމްބޯއި އެޑްވާންސް އަށް
  • ޓޮމް އެންޑް ޖެރީ ދަ މެޖިކް ރިންގ: ގޭމްބޯއި އެޑްވާންސް އަށް
  • ޓޮމް އެންޑް ޖެރީ ވާރ އޮފް ދަ ވިސްކާރސް: ޕްލޭސްޓޭޝަން2، އެކްސްބޮކްސް އަދި ނިންޓެންޑޯ ގޭމް ކިޔުބް އަށް
  • ޓޮމް އެންޑް ޖެރީ ހައުސްނ ޓްރެޕް: ޕްލޭސްޓޭޝަން އަށް
  • ޓޮމް އެންޑް ޖެރީ ފިސްޓް އޮފް ފިޔުރީ: ނިންޓެންޑޯ އަދި ޕީސީ އަށް


[އުނިއިތުރު ގެންނަވާ] އެހެނިހެން ގައުމުތަކުގައި ޓޮމް އެންޑް ޖެރީ

ޖަޕާނުގައި ޓޮމް އެންޑް ޖެރީ ދައްކަން ފެށުނީ 1964ގައެވެ. 2005ގައި ޖަޕާން ޓީވީ އަސާޝީ އިން އިސްނަގައިގެން ފުރާވަރުގެ ކުދިން އިން ފެށިގެން 60އަހަރުގެ ބޮޑެތިމީހުން އުމުރުފުރާ އެއްގެ ގޮތުގައި ނަގައިގެން ސާރވޭ އެއް ކުރެވުނެވެ. އަދި 2005ގައި އެންމެމޮޅު ކާރޓޫން ލިސްޓްގެ 85ވަނަ މިކާރޓޫނު ހޯދިއެވެ. އެހެންނަމަވެސް އިންޓަރނެޓްގެ ޒަރިއްޔާ މެދުވެރިކޮށް ބެލިބެލުމުގައި 58ވަނަ މަގާމް މިކާރޓޫނަށް ހައްގެވެ. މިކާރޓޫނަކީ ޗައިނާގައިވެސް ވަރަށް މަޝްހޫރު ކާރޓޫނެކެވެ. ކުރީއްސުރެ މި ކާރޓޫނަކީ ޖަރމަނީގައިވެސް ވަރަށް މަގްބޫލު ކާރޓޫނެކެވެ. އެހެންނަމަވެސް ޖަރުމަން ބަހުން ކާރޓޫނުގައި ވާނުވާ ބުނެދިނުމުގެ ގޮތުން އިސްކިރީނުގެ ތިރިޔަށް ވާނުވާގޮތުގެ ހުލާސާއެއް އެރުވެއެވެ.


[އުނިއިތުރު ގެންނަވާ] އޮސްކާރ އެވޯރޑް ކާމިޔާބު ކޮށްފައިވާ މިކާރޓޫނުގެ ބައިތައް

ތިރީގައި މިވަނީ އެންމެ މޮޅު ކުރުކާރޓޫނުގެ މަޤާމް ހޯދި މިކާރޓޫނުގެ ބައިތަކެވެ.

  • 1943: ދަ ޔެންކީ ޑޫޑްލް މައުސް
  • 1944: މައުސް ޓްރަބްލް
  • 1945: ކުއައިޓް ޕްލީސް
  • 1946: ދަ ކެޓް ކޮންސާރޓޯ
  • 1948: ދަ ލިޓްލް އޯރފަން
  • 1952: ދަ ޓޫ މައުސްކެޓިއަރސް
  • 1953: ޖޯހަން މައުސް

ތިރީގައި ދެންމިވަނީ އެންމެ މޮޅު ކުރުކާރޓޫނުގެ މަޤާމްއަށް ހޮވުނު އެކަމަކު މިވަނަ ހާސިލްވެފައި ނުވާ މި ކާރޓޫނު ގެ ބައިތަކެކެވެ.

  • 1940: ޕުސް ގެޓްސް ދަ ބޫޓު
  • 1941: ދަ ނައިޓް ބިފޯރ ކްރިސްމަސް
  • 1947: ޑރ. ޖެކީލް އެންޑް މރ. މައުސް
  • 1949: ހެޗް އަޕް ޔުއަރ ޓްރަބްލްސް
  • 1951: ޖެރީސް ކަޒިން
  • 1954: ޓައުޗްއެ، ޕުސީކެޓް


[އުނިއިތުރު ގެންނަވާ] އަދި އިތުރަށް ބައްލަވާލައްވާ

  • އެމެރިކާގެ އެނިމޭޝަނުގެ ރަންޒަމާން
  • ޓޮމް އެންޑް ޖެރީ ކުޑަކުދިންގެ ޝޯވ
އެހެން ބަސްބަހުން
Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr -
 
ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext -
fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz -
 
ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky -
la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn -
 
na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt -
qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl -
 
ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh -
yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -